ޚަބަރު

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑުސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފި

މުހައްމަދު އައުޒަމް

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެ ބ. އަތޮޅާއި ސ. އަތޮޅާއި ދެމެދު ޔެލޯ އެލާޓް ނެރެފި އެވެ.

މިއަދު ހަވީރު 17:30 އިންފެށިގެން މިރޭ 21:30 ހަމައަށް އެލާޓް ދެމިގެން ދާނެ ކަމަށް ރާއްގޭގެ މޫސުމާބެހޭ އިދާރާއިން ނެރުނު އެލާރޓްގައި ވެއެވެ.

މެޓް އޮފީހުން މައުލޫމާތު ދޭގޮތުގައި މިސަރަހައްދުތަކަށް ގަދަވަޔާއިއެކު ވިއްސާރަކުރާނެ ކަމަށެވެ. ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ ގަޑިއަކު 29-23 މޭލުގެ ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލު ބާރުމިނުގައި ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.

ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރަށްތަކަށް އުދަ އަރާފާނެކަމަށް ވެސް މެޓް އޮފީހުން މަޢުލޫމާތުދެއެވެ.