ޚަބަރު

ރައީސް މައުމޫން އިންޑިއާއަށް ފުރާވަޑައިގެންފި

މަރިޔަމް ޝަހުދާ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ބޭސްފަރުވާއަށް އިންޑިއާއަށް ފުރާ ވަޑައިގެންފި އެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނާއި އަނބިކަނބަލުން ބޭސްފަރުވާއަށް ވަޑައިގަންނަވަނީ އިންޑިއާގެ ކޮއިމްބަޓޯރަށެވެ. އަދި އެނބުރި މާލެ ވަޑައިގަންނަވާނީ ދެތިން ހަފްތާ ފަހުން ކަމަށް މައުމޫންގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.