ހެންވޭރު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ ހ. ނީޓްވިލާ ގޭގައި ގޭސް ފުޅިއެއް ލީކުވެގެން އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެންއެންޑީއެފަށް އެކަމުގެ ރިޕޯޓް ލިބިފައިވަނީ މިރޭ 7:32ގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ވަނީ އެ ސަރަހައްދަށް ގޮސް، މާގިނައިރުތަކެއް ނުވަނީސް އަލިފާންގަނޑު ކޮންޓްރޯލްކޮށްފައެވެ.
އެ ހާދިސާގައި އެގޭގެ ބައެއް ތަކެއްޗަށް ގެއްލުންވެފައިވީ ނަމަވެސް، އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.