ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.
އެ އަތޮޅަށް ނައިބު ރައީސް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ހދ. ހަނިމާދޫ، ހދ. ނޮޅިވަރަމް އަދި ހދ. ކުޅުދުއްފުއްޓަށް ވަޑައިގެން އެރަށްރަށުގެ އެކި މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގައި މަސައްކަތް ހިނގާގޮތް ވަނީ ބައްލަވާލައްވައިފައެވެ.
އިއްޔެ ހދ. އަތޮޅަށް ފައިސަލް ވަޑައިގެންނެވި އިރު އެމަނިކުފާނު މިއަދު ވަނީ އެ އަތޮޅު ނޮޅިވަރަންފަރަށް ވަޑައިގަންނަވައިފައެވެ.
ނޮޅިވަރަންފަރަށް ވަޑައިގެން ހއ. ދިއްދޫ ކައިރީ ފަޅު ރަށަކަށް މޫދަށް އެރި އުޅެނިކޮށް ގެނބިގެން ނިޔާވި އެރަށުގެ ޝިފާން ބިން މުހައްމަދުގެ އާއިލާއާ ނައިބު ރައީސް ވަނީ ބައްދަލުކުރައްވައިފައެވެ.