ޚަބަރު

އިއްޔެގެ މުޒާހަރާއަކީ ގޮތް ނޭނގޭ ސިޔާސީ ކުރިމަތިލުމެއްގެ ފެށުމެއްބާ؟: ޑރ. ޖަމީލް

އަހުމަދު ޖައިޝަން

1

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ސަރުކާރު ހިންގާ ކޯލިޝަންގެ ކުރިމަތީގައި ކުރި މުޒާހަރާއަކީ ގޮތް ނޭނގޭ ސިޔާސީ ކުރިމަތިލުމެއްގެ ފެށުމެއް ކަމާ މެދު ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސުވާލު ކުރައްވައިފިއެވެ.

ރައީސް އާއި ކޯލިޝަންގެ ލީޑަރުންގެ ކުރިމަތީގައި އިއްޔެ މުޒާހަރާކޮށްފައިވަނީ މަހުޖަނުންގެ ނުފޫޒުން ރައްޔިތުން މަޖިލިސް ސަލާމަތް ކުރުމަށް ގޮވާލައެވެ.

އިއްޔެ ރައީސް ސޯލިހް، ކޯލިޝަންގެ ހަތަރު ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލިސް ރައީސް ގާސިމް އިބްރާހީމާއި ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ހޮޓެލް ޖެންގައި ބޭއްވި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވި ވަގުތު، އެތަނުގެ ލޮބީއަށް ބަޔަކު އައިސް ވަނީ މުޒާހަރާކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ޑރ. ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާއަކީ ވަރަށް ރަނގަޅަށް ރާވައިގެން ކުރިއަށް ގެންގޮސްފައިވާ މުޒާހަރާއެއް ކަމަށެވެ.

"ރައްޔިތުންގެ ތާއީދާއެކު ކާމިޔަބުވުމަށް ފަހު އިތުބާރު ގެއްލުވާލުން ހުއްޓުމަކަށް އަންނާނީ ކޮން ދުވަހަކުތޯ؟،" އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟