ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޖަޕާނުގެ ބޭންކް އޮފް އިންޓަނޭޝަނަލް ކޯޕަރޭޝަން (ޖޭބީއައިސީ)ގެ ގަވަރުނަރު ޓަޑާޝީ މައެޑާ އާ ބައްދަލުކުރައްވައިފިއެވެ.
ފޮރިން މިނިސްޓަރު ޖަޕާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ ތަރައްގީއަށްޓަކައި ދެގައުމުގެ ދެމެދުގައި ގުޅުން ވަރުގަދަކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ.
މައެޑާއާ އެކު ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ބައިވެރިވެވަޑައިގެންނެވިއެވެ.
ހޯމަ ދުވަހުގެ ނިޔަލަށް ޖަޕާނަށް މިނިސްޓަރ ޝާހިދު ކުރައްވާ މި ރަސްމީ ދަތުރުފުޅަށް ރާއްޖެއިން ފުރާވަޑައިގެންފައިވަނީ މިދިޔަ ބުދަ ދުވަހުގައެވެ.