ސަރުކާރު ހިންގާ ކޯލިޝަންގެ ތެރޭގައި ވަކި ބަޔަކު އަޑީގައި ތިބެ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމްއާ ދިމާ ކުރެއްވުމަކީ ކޯލިޝަން ސަރުކާރު ބަލިކަށިވާނެ ކަމެއް ކަމަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.
ރިޔާޒު ރަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ ބޭފުޅެއްވެސް ވެރިކަމަށް ވަޑައިންނަވަނީ ގާސިމްގެ ތާއީދާއެކުގައި ކަމަށެވެ.
އަދި ވެރިކަން ލިބޭ އިރަށް ފެނިގެންދަނީ އެކަންތައް ހަނދާން ނެތޭ މަންޒަރު ކަމަށް ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ އެފަދަ ސަބަބުތަކާ ހުރެ ސަރުކާރުގެ ކޯލިޝަން ބަލިކަށިވާ ކަމަށާއި އެކަމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.
"މި ސަރުކާރު ދެމެހެއްޓުމަކީ ކޯލިޝަން ކޮންމެ ބައިވެރިއެއްގެވެސް ޒިންމާއެއް." ރިޔާޒު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.