ހއ. ދިއްދޫ ކައިރީ ފަޅު ރަށަކަށް މޫދަށް އެރި އުޅެނިކޮށް ގެނބިގެން ނިޔާވި ހދ. ނޮޅިވަރަންފަރު، ޝިފާން ބިން މުހައްމަދުގެ އާއިލާއާ ނައިބު ރައީސް ފައިސަލް ނަސީމް ބައްދަލުކުރައްވައިފިއެވެ.
އިއްޔެ ނިޔާވި ޝިފާންގެ އާއިލާ ނައިބު ރައީސް މިއަދު ބައްދަލުކުރައްވާފައިވަނީ ހދ. އަތޮޅަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގައި ނޮޅިވަރަންފަރަށް ވަޑައިގެންނެވެ.
ނިޔާވި ޝިފާންގެ އައިލާއާ ބައްދަލުކޮށް ނައިބު ރައީސް ފައިސަލް ވަނީ އެ އާއިލާއަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްއާއި އެމަނިކުފާންގެ ނަމުގައި ތައުޒިޔާ ދަންނަވައިފައެވެ.
ނައިބު ރައީސް އެރަށަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ކައުންސިލާއި އަދިވެސް އެހެނިހެން ސަރުކާރުގެ އެކި މުއައްސަސާތަކަށް ވަނީ ޒިޔާރާތް ކުރައްވައިފައެވެ.
އެމަނިކުފާނު ކުރައްވާ ރަސްމީ އެ ދަތުރުފުޅުގައި ބައެއް ކެބިނެޓް މިނިސްޓަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.