ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހދ. އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި އެ އަތޮޅު ހަނިމާދުއަށް ވަޑައިގެންފިއެވެ.
މިއަދު މެންދުރު ފަހު ހަނިމާދުއަށް ޒިޔާރާތް ކުރެއްވިއިރު އެރަށު ރައްޔިތުން ވަނީ ނައިބު ރައީސަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.
ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ނައިބު ރައީސް ވަޑައިގެންފައިވަނީ އިއްޔެއެވެ. އެ ދަތުރުފުޅުގައި ހދ. އަތޮޅުގެ ތިން ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ހދ. ހަނިމާދޫ، ހދ. ނޮޅިވަރަމް އަދި ހދ. ކުޅުދުއްފުއްޓަށެވެ.
އެ ދަތުރުފުޅުގައި ނައިބު ރައީސް އެ ތިން ރަށުގެ އެކި މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގައި މަސައްކަތް ހިނގާގޮތް ބައްލަވައިލެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ނައިބު ރައީސްގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުގެ ވަގުތެއްގައެވެ.