ގެނބިގެން މަރުވި ކުޑަކުއްޖާގެ ހަބަރު އަޑުއެހީ ހިތާމައާއެކު ކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސާވިސް ޝީދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
ޓުވީޓެއް މެދުވެރިކޮށް ޝިދާތާ މިހެން ވިދާޅުވެފައިވަނީ މިއަދު ފަޅުރަށަކަށް ގޮސް މޫދަށް އެރިއުޅުނު ފަސް އަހަރުގެ ކުޑ ކުއްޖަކު ގެނބިގެން މަރުވުމާ ގުޅުގެންނެވެ. ޝިދާތާ ވިދާޅުވިގޮތުގައި މިފަދަ ހާދިސާތައް ހުއްޓުވައި ރައްކާތެރި މާހައުލެއް ގާއިމުކުރުވޭނީ ދައުލަތުގެ އިތުރުން ފަރުދީ، އާއިލީ އަދި އިޖުތިމާއީ ޒިންމާ ފުރިހަމައަށް އަދާކޮށް، ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރެވިގެންނެވެ.
ދިއްދޫ ކައިރީ ފަޅު ރަށަކަށް މޫދަށް އެރި އުޅެނިކޮށް ގެނބިގެން މަރުވެފައިވަނީ ހދ. ނޮޅިވަރަންފަރު، ޝިފާން ބިން މުހައްމަދެވެ. އެ ކުއްޖާގެ ޖަނާޒާ އޮތީ މިއަދުގެ މަޣްރިބް ނަމާދަށް ފަހު ނޮޅިވަރަންފަރުގައެވެ.