ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހދ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ނައިބު ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހދ. ހަނިމާދޫ، ހދ. ނޮޅިވަރަމް އަދި ހދ. ކުޅުދުއްފުއްޓަށެވެ. މި ދަތުރުފުޅުގައި ނައިބު ރައީސް މި ތިން ރަށުގެ އެކި މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގައި މަސައްކަތް ހިނގާގޮތް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅު ނިންމަވާލުމަށްފަހު ނައިބު ރައީސް އަނބުރާ މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ.