ލައިވް ބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ހަތަރުވަނަ އެނުއަލް މޯލްޑިވްސް ބޯޓިންގް އެވޯޑްސް ގާލާ މިމަހުގެ 23 ވާ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ދާރުބާރުގޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ހަފްލާގައި 27 ކެޓަގަރީއަކުން އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މެރިން އިންޑަސްޓްރީގެ އެންމެ ރަނގަޅު ކުންފުނި މި ހަފްލާގެ ތެރެއިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
ލައިވް ބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަކީ 2007 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން މެރިން އިންޑަސްޓްރީގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. އެގޮތުން މި ޖަމިއްޔާގެ ދަށުން މޯލްޑިވްސް މެރިން އެކްސްޕޯ، މޯލްޑިވްސް ބޯޓިންގް އެވޯޑްސް، ސޭފްޓީ ކެމްޕެއިން ސްޓޭ ސޭފް އަފްލޯޓް ފަދަ އެކި ހަރަކާތްތައް ވަނީ ޕްރޮމޯޓްކޮށްފައެވެ.