ޚަބަރު

ބްރޯޑްކޮމް އިން ރާއްޖެ ޓީވީ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރީ ރަނގަޅަށް : ސިވިލް ކޯޓު

އަހުމަދު ޖައިޝަން

1

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ރާއްޖެ ޓީވީ 500،000 (ފަސް ލައްކަ) ރުފިޔާއިން ޖޫރިމަނާކޮށްފައިވަނީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ބްރޯޑްކޮމް އިން ރާއްޖެ ޓީވީ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވަނީ އެ ޗެނަލް އިން 28 ޖުލައި 2017 ގައި ދެއްކި ޕްރޮގްރާމެއް ކަމަށްވާ "މި ރައީސް"ގެ އެޕިސޯޑެއްގައި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

އެ ކޮމިޝަން އިން ބުނެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްތިއުފާ ދެއްވުމަށް އެދި ގޮވާލައި މުސްތަފާ ދެއްކެވި ވާހަކައިގައި ގައުމީ ސަލާމަތަށް ނުރައްކާވާ ކޮންޓެންޓް ހުރި ކަމަށެވެ.

ސިވިލް ކޯޓުން އިއްވި ހުކުމް ގައި ބުނެފައިވަނީ ރާއްޖެ ޓީވީގެ ކޮންޓެންޓްގައި އަބުރުގެ ގާނޫނާ ހިލާފު ކޮންޓެންޓް ހިމެނޭ ކަމަށެވެ. އެހެންކަމުން އެ ޖޫރިމަނާއަކީ ރަނގަޅު ޖޫރިމަނާއެއް ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމްގައި ބުނެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟