ދިއްދޫ ކައިރީ ފަޅު ރަށަކަށް މޫދަށް އެރި އުޅެނިކޮށް ގެނބިގެން ފަސް އަހަރުގެ ކުއްޖެއް މަރުވެއްޖެ އެވެ.
ވަން އޮންލައިނަށް އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ ހދ. ނޮޅިވަރަންފަރު، ޝިފާން ބިން މުހައްމަދެވެ. އެކުއްޖާ ވަނީ ދިއްދޫ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ވަން އޮންލައިން އަށް މައުލޫމާތު ދެއްވަމުން ދިއްދޫ ހޮސްޕިޓަލްގެ ހިންގުމާ ހަވާލުވެ ހުންނެވި މުހައްމަދު ހާޝިމް ވިދާޅުވީ އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދޭ ކަމަށެވެ.
އެ ކުއްޖާ ދިއްދޫ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 1130 ހާ އިރު ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އާއިލާގެ ފަރާތުންނާއި ދަތުރު ދިޔަ ހުރިހާ ފަރާތްތަކުން މިވަގުތު ތިބީ ހޮސްޕިޓަލުގައި ކަމަށެވެ.
އެނގިފައިވާ ގޮތުގައި މިއަދު ހަވީރު 4:30ގައި އެކުއްޖާ ވަނީ ނޮޅިވަރަންފަރަށް ގެންގޮސްފައެވެ. އެކުއްޖާގެ ޖަނާޒާ އޮތީ މިއަދު މަޣްރިބް ނަމާދަށްފަހު އެރަށުގައެވެ.