ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި ސުކޫލު ކުދިންނަށް ހެނދުނުގެ ނާސްތާ ދޭން ފަށާނީ 25 ސްކޫލެއްގައި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
ސްކޫލުތަކުގައި ހެނދުނުގެ ނާސްތާ ދޭން ފެށުމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އައިޝަތު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅުގެ ދަށުން ފަށާ އެ މަސައްކަތަކީ ވަރަށް ހާއްސަ ޕައިލެޓް ޕްރޮގްރާމެއް ކަމަށެވެ.
"ޕައިލެޓް ޕްރޮގްރާމް ރާވާފައި މިވަނީ އަންނަ އަހަރަށް. އަޅުގަނޑުމެންގެ މި 25 ސްކޫލް އެ ޕައިލެޓް ޕްރޮގްރާމްގެ ތެރޭގައި ހިމެނޭނެ." މިނިސްޓަރު ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޕައިލެޓް ޕްރޮގްރާމް ހިންގާ 25 ސްކޫލުގެ ހެނދުނު ދަންފަޅީގައި ކިޔަވާ ހުރިހާ ކުދީންނަށް ހެނދުނުގެ ނާސްތާ ލިބިގެން ދާނެ ކަމަށެވެ.
އެ 25 ސްކޫލުގައި 14،720 ދަރިވަރުން ކިޔަވާ ކަމަށާއި އޭގެތެރޭގައި ހެނދުނު ދަންފަޅީގައި ސްކޫލަށްދާ ގްރޭޑް އެކަކުން ފެށިގެން 12 އަށް ކިޔަވާ ދަރިވަރުންނަށް ނާސްތާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނިގޮތުގައި އެ ޕައިލެޓް ޕްރޮގްރާމް ފަށާނީ މާލޭ ސަރަހައްދުގެ ފަސް ސްކޫލަކާއި އަތޮޅު ތެރޭގެ 20 ސްކޫލެއްގައި ކަމަށެވެ.
"ބަޖެޓު ތަން ދިން ވަރަކުން އިތުރު ސްކޫލުތައްވެސް އެންރޯލް ކުރުމަށް އަޅުގަނޑުމެން އުއްމީދު ކުރަނީ. އަދި އަމާޒަކީ ރާއްޖޭގައި ކިޔަވައިދޭ 212 ސްކޫލުގައިވެސް އެ ޕްރޮގްރާމް ފެށުން،" މިނިސްޓަރު އައިޝަތު ވިދާޅުވިއެވެ.
ހެނދުނުގެ ނާސްތާ މެނޫ:
2019 ވަނަ އަހަރު ހެނދުނުގެ ނާސްތާ ދޭ ސްކޫލްތައް: