އަންނަ ހޮނިހިރު ދުވަހު އޭއެފްސީގެ ރައީސް ޝެއިހް ސަލްމާންއާ ބައްދަލު ކުރައްވާނެ ކަމަށް މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މަހުލޫފު މިހެން ވިދާޅުވީ އޭނާ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.
މަހުލޫފް ވިދާޅުވިގޮތުގައި މިބައްދަލުވުމުގައި އޭއެފްސީން ދިވެހި ފުޓުބޯޅަ އިތުރަށް ކުރިއަރުވަން އެހީތެރިވާނެ ގޮތަކާ މެދު މަޝްވަރާކުރައްވާނެއެވެ. އަދި މި ބައްދަލު ވުމަށް ފަހު އޭއެފްސީގެ ރައީސް ސަލްމާނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ނަންފުޅުގައި ރާއްޖެއަށް ވަޑައިގަތުމަށް ދައުވަތު އަރުވާނެ ކަމަށް ވެސް މަހުލޫފް ވިދާޅުވިއެވެ.