ފާހާނާ ތައްޓަކީ އެންމެ ޖަރާސީމު ގިނަ އަދި ހަޑި އެކަތީގެ ގޮތުގައި މީހުން ގަބޫލުކުރެ އެވެ. ފާހާނަ ތަށީގައި އިށީންނަ އިރު ތަށި ރަނގަޅަށް ސާފުކޮށް އެހެންވެސް ސެނިޓަރީ އެކި އެކި ކަން ކަން ކޮށްގެން ނޫނީ ބޭނުމެއް ނުކުރެއެވެ. ނަމަވެސް ގޭގައި އަބަދުހެން ގެންގުޅޭ ފާހާނާތައްޓަށް ވުރެ ހަޑި އަދި ޖަރާސީމު ގިނަ އެހެން ބައެއް ތަކެއްޗަށް މި އާޓީކަލްގައި ބަލައިލާނަމެވެ.
މޭކަޕް ބޭނުން ކުރާ މީހުނަށް ނުވިސްނިފަ އޮންނަ ކަމެކެވެ. މޭކަޕް ހާކާ ބުރުސްތަކުގައްޔާއި ހާކަން ބޭނުން ކުރާ އެހެނިހެން ތަކެތީގައި ބެކްޓީރިޔާ ވަރަށް ގިނައިން އުފެދޭނެއެވެ. ހާއްސަކޮށް މޭކަޕް ބުރުސްތައް މޫނުގައި ބޭނުން ކޮށްފަ އަނެއްކާވެސް މޭކަޕް ދަބަހަކަށްލާފައި ދެން އަނެއްކާވެސް މޫނުގައި ހާކަން ހަމަ އެބުރުސް ބޭނުން ކުރުމުން، ކުރިން ދުވަހުގެ ބުރުހުގައި ހުރި ޖަރާސީމު ދަބަހުގައި ހޭކި އަނެއްކާވެސް އަނެއްފަހަރު އެޖަރާސީމުތައް މޫނުގައި ހޭކުނީއެވެ. އެހެން ކަމުން މޭކަޕް ބުރުސްތައް ގަވައިދުން ދޮވުމަށާއި ބޭނުން ކުރާ މޭކަޕް ސާމާނު ސާފުތާހިރުކޮށް ބެހެއްޓުމަށް އާދަކުރާށެވެ.
މީގެ އިތުރުން އެކްސްޕަޔަރ ވެފަ ހުންނަ މޭކަޕުންވެސް ބެކްޓީރިއާ ފެތުރުމަށް މަގުފަހިވާނޭ ކަމަށް މޭކަޕް އުފައްދާ މާހިރުން ބުނެއެވެ.
ދުނިޔޭގެ އާބާދީގެ 75 އިން ސައްތަ އަކީ ފާހާނަ ތަށި މަތީގައި މޯބައިލް ފޯނު ބޭނުން ކުރާ ފަރާތްތަކެވެ. ނަމަވެސް ފާހާނަ ތަށީގައި ހުންނަ ބެކްޓީރިއާގެ 10 ގުނަ ބެކްޓީރިއާ ފޯނުގައި ހުންނަ ކަން އިނގޭހެއްޔެވެ؟ އޭގެ ތެރޭގައި ސެޓެލަކޯކަސް ބެކްޓީރިޔާވެސް ހިމެނެއެވެ. އެއީ ފުޑް ޕޮއިޒަން ވުމާއި، ބޭރަށް ހިނގުން ކަހަލަ ބަލިތައް ޖެހޭ ބެކްޓީރިޔާއެކެވެ.
ބައެއް އަވަން ތަކަކީ އޭގެ ކައިރި އަށް ކާއެއްޗެހި ނޭޅޭގޮތަށް ބެދިފައި ހުންނަ އަވަނެވެ. ނަމަވެސް އެހެން ނުހުންނަ އަވަން ތަކުގައި ކާއެއްޗެހިތައް އޭގެ އަރިމައްޗަށް ވެރި ސާފު ކުރާއިރު އެ ރަނގަޅަށް ސާފު ނުކުރެވުމުގެ ސަބަބުން އެކި ކަހަލަ ނުބައިވަސްތައް އަވަނުގައި ހަރުލާގޮތް ދިމާވާނެއެވެ. އެހެން ކަމުން ކޮންމެ ހަފްތާއަކު އެއްފަހަރު އަވަނުގެ ހުރިހާ ބައިތައް ނަގާ ރަނގަޅަށް ސާފު ކުރުމަށް އާދަ ކުރާށެވެ.
ފިލްޓަރސް، އެއީ ދޮންނަ މެޝިނުގައިވިއަސް ނުވަތަ އައިސް އަލަމާރީގަވިއަސް ޖަރާސީމު ވަރަށް ގަދައަށް އުފެދޭ ތަންތަނެވެ. ފިލްޓަރުގެ ބޭނުމަކީވެސް ހުރިހާ ހަޑިއެއް އެއްކުރުން ކަމަށް ވީ ހިނދު، ފިލްޓަރުތައް ފުރި އެ ބެދޭގޮތް ވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ކަމުން ދޮންނަ މެޝިނާއި އައިސް އަލަމާރީގައި ހުންނަ ފިލްޓަރު ނައްޓައިގެން ކޮންމެ ހަފްތާއަކު އެއްފަހަރު ރަނގަޅަށް ދޮވެ ސާފުކުރަންވާނެއެވެ.
ގޭތެރެ ސާފު ކުރުމުގެ ގޮތުން ކުނި ކަހާ މޮޕް ކުރުމަކީ އެންމެންހެން ކުރާ ކަމެކެވެ. ނަމަވެސް އިނގޭ ހެއްޔެވެ؟ ގެ ސާފު ކުރަން ބޭނުން ކުރާ މޮޕު ސާފު ނުކޮށް ކޮންމެ ދުވަހަކު ބޭނުން ކުރާނަމަ ގޭތެރެ ސާފު ހެން ހީވިއަސް ގެއަށް ހުންނާނީ އެކި ކަހަލަ ބެކްޓީރިއާތައް ފެތުރިފައެވެ. އަދި ގޭގައި މޮޕް ލައި ނިމިގެން ގޭތެރެ ތެތްކޮށް ހުންނަ އިރުވެސް ޖަރާސީމު ފަސޭހައިން އުފެދޭނެއެވެ.