ތިލަފުށި ކައިރީގައި އަޅާފައި އޮތް ބޯޓަކުން މޫދަށް ވެއްޓުނު ބިދޭސީ މީހާ މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ތިފަލުށީގެ އުތުރުގައި އަޅާފައި އޮތް "ގޭސް އެޓްލާންޓިކް" ބޯޓުން މޫދަށް ވެއްޓިގެން ހޯދަމުންދިޔަ މީހާގެ ހަށިގަނޑު ކަނޑުގެ 51 މީޓަރުގެ އަޑިން ފެނިފައިވާ ކަމަށެވެ.
އެމީހާ ފެނިފައިވަނީ މިރޭ 12:22 ހާއިރު ކަމަށާއި އެ މީހާގެ ހަށިގަނޑު ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އެބޯޓުން ދެ ބިދޭސީއަކު މޫދަށް ވެއްޓިފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކު ސަލާމަތް ކޮށްފައިވަނީ އެސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު ޑިންގީއަކުން ކަމަށެވެ. އެމީހާ ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.