އެމްއެމްޑީއެފްގެ ސެންޓްރަލް އޭރިއާ ކޮމާންޑަރަކަށް ކާނަލް އިބްރާހީމް ހިލްމީ ހަމަޖައްސައިފި އެވެ.
ބަންޑާރަކޮށީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ކާނަލް ހިލްމީ އާ މި މަގާމު ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލެވެ.
މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުލް ލަތީފް ބައިވެރިވެވަޑައިގެންނެވިއެވެ.
ކާނަލް އިބްރާހީމް ހިލްމީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަރުގެ މަގާމަށް ހަމަޖައްސާފައި ވަނީ މިވަގުތު އެ އޭރިއާގެ ކޮމާންޑަރުގެ މަގާމުގައި ހުންނެވި ކާނަލް މުހައްމަދު އިބްރާހިމްގެ ޕޯސްޓިން ޑިއުޓީ ޓާމް ހަމަވުމާ ގުޅިގެންނެވެ. އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރުގެ މަގާމަށް ކާނަލް މުހައްމަދު އިބްރާހިމް ހަމަޖައްސާފައިވަނީ ފެބްރުއަރީ 1، 2018 ގައެވެ.