ޚަބަރު

ބޯޓަކުން މޫދަށް ވެއްޓުނު ބިދޭސީއަކު ގެއްލިގެން ހޯދަނީ

އަލީ އަފާފު ރަމީޒު

ތިލަފުށި ކައިރީގައި އަޅާފައި އޮތް ބޯޓަކުން މޫދަށް ވެއްޓުނު ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ތިފަލުށީގެ އުތުރުގައި އަޅާފައި އޮތް "ގޭސް އެޓްލާންޓިކް" ބޯޓުން ބިދޭސީއަކު މޫދަށް ވެއްޓިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެބޯޓުން ދެ ބިދޭސީއަކު މޫދަށް ވެއްޓިފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކު ސަލާމަތް ކޮށްފައިވާ ކަމަށެވެ.

މޫދަށް ވެއްޓުނު އެކަކު ސަލާމަށް ކޮށްފައިވަނީ އެސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު ޑިންގީއަކުން ކަމަށާއި އެމީހާ ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެމީހާ ގެއްލިގެން ރިޕޯޓް ކޮށްފައިވަނީ މިރޭ 10:20 ހާއިރު ކަމަށާއި އެމީހާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުގެ ޑައިވަރުން ފަށާފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފުސީލެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.