ހުޅުމާލޭގައި ކޯ-ލިވިން ފެސިލިޓީ ގާއިމުކުރުމާ ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސާވޭއެއް ކުރަން ފަށައިފިއެވެ.
ކޯ-ލިވިން ފެސިލިޓީއަކީ އެއް ގެއެއް/އެޕާޓްމަންޓެއްގައި ވަކި ބަޔަކު އެއްކޮށް އުޅުމުގެ ކޮންސެޕްޓެކެވެ. އެގޮތުން ކޯ ލިވިން ހައުސިން ފެސިލިޓީއެއްގައި ސިޓިންރޫމާއި ބަދިގެ ފަދަ ތަންތަން ގޭގައި/ އެޕާޓްމަންޓުގައި އުޅޭ އެންމެން ހިއްސާކުރާނެއެވެ.
އެޗްޑީސީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މި ސާވޭއަކީ މާކެޓް ރިސާޗް ކުރުމަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ސާވޭއެއް ކަމަށެވެ. އަދި މި ސާވޭގައި ބައިވެރިވާން ބޭނުންވާ މީހުން https://hdc.com.mv/announcements/job-opening-assistant-debt-collection-officer/ ލިންކުން ފޯމު ފުރުމަށް އެޗްޑީސީން އެދިފައިވެއެވެ.
މިއީ މާލޭގައި ކިޔަވަން ތިބޭ ދަރިވަރުންނާއި މަސައްކަތް ކުރަން އައިސް ތިބޭ މީހުންނަށް އަތްފޯރާ ފަށުގައި ދިރިއުޅޭނެ ތަނެއް ހަމަޖައްސައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ސާވޭއެއް ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.