ޚަބަރު

"އަމީރު އަހުމަދުމަގުގެ ޓްރެފިކް ފްލޯ އޮންނާނެ ގޮތުގެ ޗާޓް ކަމަށް ބުނެ އާންމުކޮށްފައިވާ ޗާޓަކީ ރަނގަޅު ޗާޓެއް ނޫން"

މަރިޔަމް ޝަހުދާ

އަމީރު އަހުމަދު މަގުގެ ޓްރެފިކް ފްލޯ އޮންނާނެ ގޮތުގެ ޗާޓްކަމަށް ބުނެ ބައެއް މީދިޔާ ތަކުގައި އާންމުކޮށްފައިވާ ޗާޓަކީ ރަނގަޅު ޗާޓެއް ނޫން ކަމަށް ޓްރެފިކް ޕޮލިހުން ބުނެފިއެވެ.

ޓްރެފިކް ޕޮލިހުގެ އޮފިޝަލް ފޭސްބުކް ޕޭޖުގައި ވާގޮތުގައި އަމީރު އަހުމަދު މަގު ޓްރެފިކަށް ހުޅުވާލާ އިރު އެމަގުން ހުޅަނގުން އިރަށް ދުއްވޭގޮތަށް ބަދަލު ކުރުން ނޫން ބަދަލެއް ޓްރެފިކް ފްލޯއަކަށް ނުގެންނާނެއެވެ.

އަމީރު އަހުމަދު މަގު ބަންދުކޮށްފައިވަނީ ކުރީގެ ސަރުކާރުން އިސްލާމީ މަރުކަރު ސަރަހައްދުގައި ޖަހާފައިވާ މާބަލްތައް ތަޅާލުމުގެ މަސައްކަތް ކުރުމަށެވެ. އެ މަގުގައިވާ މާބަލް ތަޅާލުމަށް ފަހު އަލުން އެމަގު ދަތުރުފަތުރު ތަކަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.