ޚަބަރު

މަތީ ތައުލީމުގެ ލޯނުގެ ފުރުސަތު 514 ދަރިވަރަކަށް، އޭގެ ތެރެއިން ޕީއެޗްޑީއަށް ކިޔެވުމަށް 27 ފުރުސަތެއް

ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމަށް ކިޔެވުމަށް ލޯނުގެ ފުރުސަތު 514 ދަރިވަރަކަށް ދޭން ނިންމާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ލޯނު ދިނުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އާ ކެޓަގަރީތަކެއް އިތުރުކޮށް މަތީ ތައުލީމުގެ ލޯނަށް އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލީ ފެބްރުއަރީ 17 ގައެވެ. އެއީ 550 ލޯނު ފުރުސަތެވެ.

އިތުރު ތަފްސީލު އަންނަނީ ...

ލޯނުތައް ދޫކުރި ދާއިރާތައް:

  • ޑިޕްލޮމާ ފެންވަރު: 48 ފުރުސަތު
  • ތަފާތު އެކިއެކި ލައިސެންސް ޕްރޮގްރަމްތަކަށް: 15 ފުރުސަތު
  • ފުރަތަމަ ޑިގްރީއަށް: 264 ފުރުސަތު
  • މާސްޓާސްއަށް: 160 ފުރުސަތު
  • ޕީއެޗްޑީއަށް: 27 ފުރުސަތު

މި ލޯނު ފުރުސަތުތަކުގެ ތެރެއިން އަލަށް ކިޔަވަން ފަށަން ބޭނުންވެގެން އެދުނު 449 ދަރިވަރަކަށް ލޯނު ދީފައިވާއިރު މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ލޯނަށް ކުރިމަތިލި 55 ދަރިވަރަކަށް ލޯނު ދީފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކޮންމެ އިންތިހާބީ ދާއިރާއަކުން 10 ދަރިވަރަކަށް ވެސް މަތީ ތައުލީމުގެ ލޯނު ވަނީ ހަމަޖައްސައިދީފައެވެ.

މިނިސްޓަރު ވިދާޅުވީ، ލައިސެންސް ކެޓަގަރީން މީގެ ކުރިން ލޯނަށް އެދި ހުށަހަޅަނީ ހަމައެކަނި ޕައިލެޓްކަން ކިޔަވަން ކަމަށްވީ ނަމަވެސް އުސޫލަށް ބަދަލު ގެނެސް ބައިނަލްއަގްވާމީ އެކި ލައިސެންސް ޕްރޮގްރާމްތައް ކިޔެވުމުގެ ފުރުސަތު ހުޅުވާލުމުން ޕައިލެޓްކަމުގެ އިތުރުން އެއާ ޓްރެފިކް ކޮންޓްރޯލާ ކަމާއި އެއާ ކްރާފްޓް އިންޖިނިއަރިން އަދި މެރިން އިންޖިނިއަރިންއާ ގުޅުންހުރި ލައިސެންސްތަކުން ކިޔަވަން ލޯނަށް އެދިފައިވާ ކަމަށެވެ.

ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ފާހަގަކޮށްފައިވާ ދާއިރާތަކުން މަތީ ތައުލީމު ހޯދުމަށް ދޭން ނިންމާފައިވާ ފުރުސަތުތަކުގެ ތެރެއިން އެމްބީބީއެސް ހެދުމަށް 15 ދަރިވަރަކަށް، ޕޯސްޓް ގްރެޖުއޭޓް މެޑިސިން ހެދުމަށް 22 ދަރިވަރަކަށް އަދި ޕީއެޗްޑީ ހެދުމަށް 21 ދަރިވަރަކު ކުރިމަތިލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.