ޚަބަރު

އިންޑިއާގެ ދަތުރުގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލޭ ފަދަ ކަމަކަށް އެއްބަސްވެފައެއް ނޯންނާނެ : ރައީސް

އަހުމަދު ޖައިޝަން

1

އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދިވެހި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުން ވާފަދަ އެއްވެސް ކަމަކަށް އެއްބަސްވެވަޑައިގެންފައި ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދަތުރުފުޅުގެ މައުލޫމާތު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރައްވާނެ ކަމަށެވެ.

"އެނގިވަޑައިންނަވާާނެ އިންޑިއާއަކީ އަބަދުވެސް ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބާއްވާ، ރައްޔިތުންނަށް ހެޔޮ އެދޭ ބައެއް،" ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ރާއްޖެ އޮތް ގޮތުގެ ހާލަތު އިންޑިއާއަށް އެނގޭ ކަމަށާއި ރާއްޖެއަށް އެހީ ދިނުމަށް އިންޑިއާއިން ނިންމާފައިވަނީ ރާއްޖެއަށް ހެޔޮ އެދޭތީ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟