ޚަބަރު

ފުލުހުންގެ ފުރަތަމަ އަންހެން ތަރުޖަމާނަކަށް އިޒްމިއާ ޒާހިރް

މަރިޔަމް ޝަހުދާ

ދިވެހިރާއްޖޭގެ ފުލުހުންގެ އިދާރާގެ ފުރަތަމަ އަންހެން ތަރުޖަމާނަކަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރް ކަނޑައަޅައިފި އެވެ.

އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު، (އެމްސީ ހަމީދު) މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިގޮތުގައި ފުލުހުންގެ އިދާރާގެ ފުރަތަމަ އަންހެން ތަރުޖަމާނުގެ މަގާމު ކާމިޔާބު ކުރި އިޒްމިއާ އަކީ ސިންގަޕޫރުގެ ނެޝަނަލް ޕޮލިސް އެކަޑެމީން ދަސްވެނިވެފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އިޒްމިއާ އަކީ ޕީސް އެންޑް ކޮންފްލިކްޓްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާ ބޭފުޅެކެވެ.

އެމްސީ ހަމީދު އިތުރަށް ވިދާޅުވި ގޮތުގައި ފުލުހުންގެ އަމާޒަކީ އާންމުންގެ އިތުރުން މީޑިޔާއާ އިތުރަށް ގުޅުން ބަދަހި ކުރުމެވެ.