ޚަބަރު

އިންކަމް ސަޕޯޓް އެލަވަންސް ދިނީ މަދުބަޔަކަށް، ޕްރޯސެސް ވަރަށް ސްލޯ: އާދަމް ޝަރީފް

ކޮވިޑާއި ގުޅިގެން ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ވަޒީފާ ގެއްލުނު ފަރާތްތަކުގެ ތެރެއިން އިންކަމް ސަޕޯޓް ލިބުނީ ވަރަށް މަދު ބަޔަކަށް ކަމަށާއި މި ސަރުކާރުގެ ޕްރޯސެސްތައް ވަރަށް ލަސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖޭގެ ރިސޯޓްތަކުގައި މަސައްކަތްކުރާ 11،000 އަށްވުރެ ގިނަ ދިވެހިންގެ ވަޒީފާ ގެއްލިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އިންކަމް ސަޕޯޓް އެލަވަންސަށް ހުށަހެޅި މީހުންގެ ތެރެއިން، އެލަވަންސް ލިބުނީ މަދު ބަޔަކަށް ކަމަށެވެ.

"ޕްރޯސެސް އެހާމެ ސްލޯ، ރިސޯޓް ގިނަ ދިވެހިންގެ ވަޒީފާ ގެއްލުނު އިރު، ގިނަ ބިދޭސީންގެ ވަޒީފާ ނުގެއްލޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް މިގޮތަށް ވިދާޅުވެފައިވާއިރު، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މި ދަނޑިވަޅަކީ ދައުލަތުން އާންމު ވަކިވަކި ފަރުދުންނަށާއި ވިޔަފާރިތަކަށް ވެވެން އޮތް އެހީއެއް ވާންވީ ވަގުތު ކަމަށެވެ. މާލިއްޔަތުގައި ހުރި މިންވަރަކުން އެހީތެރިވަމުންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.