ޚަބަރު

ހުޅުމާލޭގެ ބީޗް ސަރަހައްދު ކެފޭތަކަށް ދީ ގޮނޑި ޖަހާފައި ހުރުމަކީ ބޮޑު ޖަރީމާއެއް: ނާދިރާ

މަރިޔަމް ޝަހުދާ

ހުޅުމާލޭގެ ބީޗް ސަރަހައްދު ކެފޭތަކަށް ދީ ގޮނޑި ޖަހާފައި ހުރުމަކީ ބޮޑު ޖަރީމާއެއް ކަމަށް އެމްއާރްއެމްގެ އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރު ނާދިރާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ހުޅުމާލޭގެ ބީޗް ސަރަހައްދު އާންމުންނަށް މިނިވަންކަމާއެކު ބޭނުން ކުރެވޭ ގޮތަށް ހުސްކުރަން ޖެހޭ ކަމަށް ގަބޫލު ކުރައްވާކަމަށެވެ. އަދި މި ސަރަހައްދު ކެފޭތަކަށް ދީ ގޮނޑި ޖަހާފައި އޮތުމަކީ ބޮޑު ޖަރީމާއެއް ކަމަށް ނާދިރާ ވަނީ ވިދާޅުވެފައެވެ.

ހުޅުމާލެ ބީޗް ސަރަހައްދުގެ ބޮޑުބައެއްގައި ކެފޭތަކުން ގޮނޑި ޖަހައި ބޭނުން ކުރަމުން ދާއިރު، މިކަމާ ގުޅިގެން އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި މައްސަލައާ ގުޅޭގޮތުން އެޗްޑީސީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.