ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކުރިޔަށް އޮތީ ދަތި ދުވަސްތަކެއް، ރައްޔިތުން އެކަމަށް ވިސްނައިގެން ދިރިއުޅުމުގެ ކަންކަން އިންތިޒާމްކޮށްދެއްވާ!

ކުރިޔަށް އޮތް ދުވަސްތަކަކީ، އިތުރު ދަތިކަން ކުރިމަތިވާނެ ދުވަސްތަކެއް ކަމަށް ބެލެވޭތީ، ރައްޔިތުން އެކަންކަމަށް ވިސްނައިގެން ދިރިއުޅުމުގެ ކަންކަން އިންތިޒާމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، އަދިވެސް ދުނިޔެއިން ކޮވިޑް ބަލި ފިލައިގެން ނުދާ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި ދެވަނަ ރާޅެއް އައުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށެވެ.

"ކުރިއަށް މިއޮތް ދަތި އުނދަގޫ ދުވަސްތަކުގައި ހުރިހާ ބޭފުޅުން ވެސް އެކަމަށް ވިސްނައިވަޑައިގެން އާންމު ދިރިއުޅުމުގެ ކަންތައްތައް އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދުނިޔޭގައި ކޮވިޑް ބަލި އުޅޭނަމަ ރާއްޖެއަށް އެބަލި އައުމުގެ ފުރުސަތު އޮތްނަމަވެސް ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްގެން ނުތިބެވޭނެ ކަމަށެވެ. އަދި ކޮވިޑަށް ފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތައް މިހާރު ރާއްޖޭގައި ގާއިމުކުރެވިފައިވާއިރު ދެެން އޮތީ އާންމު ހާލަތަކަށް ދިރިއުޅެން ދަސްކޮށް މަސައްކަތަައިގެން ކުރިއަށްދިއުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.