ބައިނަލްއަގުވާމީ ވިޔަފާރިތަކާ ގުޅޭގޮތުން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ، އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ގެ ކޮންސަލްޓެންޓެއް ކަމަށްވާ ޑޮނާލްޑް ލިމްފެޓްއާ ބައްދަލުކުރައްވައިފި އެވެ.
އިއްޔެ ކުރިއަށް ދިޔަ ބައްދަލުވުމުގައި ސިންގަލް ވިންޑޯ ސިސްޓަމްއާ ގުޅޭގޮތުުން ކޮންސަލްޓެންޓް ލިމްފެޓް އާއި މިނިސްޓަރު މާރިޔާ ވަނީ މަޝްވަރާ ކުރައްވައިފައެވެ.
ސިންގަލް ވިންޑޯ ސިސްޓަމް ފޮ ޓްރޭޑް ފެސިލިޓޭޝަން އަކީ ބައިނަލްއަގުވާމީ ވިޔަފާރިވެރީންނަށް ފަސޭހަތަކެއް ލިބިގެންދާނެ ސިސްޓަމެކެވެ.
އެގޮތުން އެ ސިސްޓަމްގެ ސަބަބުން ވިޔަފާރިވެރީންނަށް ރެގިއުލޭޓަރީ ކަރުދާސްތަކާއި މައުލޫމާތުތައް ސީދާ އެއްތަނަކަށް ޖަމާކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.