ހަށިވިއްކުމަށް މަގުފަހި ވާގޮތަށް ބަޔަކު ވައިބަރު ގްރޫޕެއް ހިންގަމުންދާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ، މި މައްސަލަ ތަހުގީގުކުރަން ފެށީ ދިވެހި އަދި ބިދޭސީ އަންހެނުން ޖިންސީ މަގުސަދަށްޓަކައި ހަށިވިއްކުމަށް މަގުފަހިވާ ގޮތަށް ވައިބަރު ގްރޫޕެއް ހިންގަމުންދާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ކަމަށެވެ.
ވައިބާގައި މިފަދަ ގްރޫޕު ހިންގާ ކަމުގެ ވާހަކަތަކެއް މީގެ ކުރިން ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އަދި އެކި ވިޔަފާރިތަކަށް ހާއްސަކޮށްގެން ހިންގާ ވައިބަރު ގްރޫޕުތަކުގައިވެސް މިފަދަ ގްރޫޕުތައް ޕްރޮމޯޓްކުރާ ކަމުގެ ވާހަކަތަކެއް މީގެ ކުރިން ސޯޝަލް މީޑީއާ މެދުވެރިކޮށް އާންމުންގެ ބަޔަކު ފުލުހުންގެ ސަމާލުކަމަށް ގެނެސްފައި ވެއެވެ.
ފުލުހުން ވަނީ މިފަދަ މައްސަލަތައް ފުލުހުންނަށް ރިޕޯޓު ކުރުމަށް އެދިފައެވެ. އަދި ފުލުހުންގެ ޕޯޓަލް https://www.police.gov.mv/crimereport/ މެދުވެރިކޮށްވެސް މިފަދަ މައްސަލަތައް ހުށަހެޅޭނެ ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ.