މިނިސްޓަރ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް ފައްޔާޒް އިސްމާއީލް އާއި މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޓްރެޝަރީ އިބްރާހީމް އަމީރް އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ޖަޕާނަށް ފުރާ ވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި މި ދަތުރުފުޅުގައި ޖަޕާނުގެ ޚާރިޖީ ވަޒީރު ހިޒް އެކްސެލެންސީ މރ.ތާރޯ ކޯނޯ ގެ އިތުރުން ޖަޕާނު ސަރުކާރުގެ އެހެން އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ދަތުރުފުޅުގައި ރާއްޖެ އާއި ޖަޕާނާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމާ މެދު ވެސް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.