ޚަބަރު

ދޯންޏެއްގައި ތިބި ދެ މީހަކު ހާލު ބޮޑުވެގެން އެމްއެންޑީއެފް އިން ދިއްދުއަށް ގެންގޮސްދީފި

މުހައްމަދު އައުޒަމް

ހއ. ތުރާކުނުގެ ހުޅަނގު އުތުރުން 12 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "އާރކް" ނަމަކަށް ކިޔާ ދޯނީގައި ތިބި ދެ މީހަކު ހާލު ބޮޑުވެގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ހއ. ދިއްދުއަށް ގެންގޮސްދީފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު އިރުއޮއްސި 18:40 ހާއިރު ކަމަށާއި މައުލޫމާތު ލިބުމާއެކު ހޯރަފުށި ސީ އެމްބިއުލަންސް މެޑިކަލް ޓީމަކާއެކު ދޯނި އޮތް ސަރަހައްދަށް ފުރުވާލާފައިވާ ކަމަށެވެ.

މި ހާދިސާގައި "އާރކް" ދޯނީގެ ފަލްކާ ސާފުކުރުމަށް ފޭބުމަށްފަހު ނޭވާއަށް އުނދަގޫވެ ހާލު ދެރަވެގެން ދިއްދޫއަށް ގެންގޮސްދީފައިވަނީ ދެ ދިވެހިން ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

ހާދިސާގައި ހާލުބޮޑުވި ދެމީހުން ހޯރަފުއްޓަށް ގެންދިއުމަށް ކުރިން ހަމަޖެހިފައިވީ ނަމަވެސް ސީއެމްބިއުލަންސްގައި ހުންނެވި ޑޮކްޓަރުގެ ލަފާގެ މަތިން އެ ދެމީހުން ވަނީ ހއ. ދިއްދުއަށް ގެންގޮސްފައެވެ.

ހާލު ބޮޑުވި ދެ މީހުންވެސް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ހއ. ދިއްދުއަށް ގެންގޮސްދީފައިވަނީ މިރޭ 8:35 ހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.