ބިއުޓީ

ކެންޑަލް އެންޑް ކައިލީ ކަލެކްޝަން މިމަހު 26 ގައި ލޯންޗް ކުރަނީ

އީމާ މުހައްމަދު ވަހީދު

ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދިޔަ ކެންޑަލް އެންޑް ކައިލީ ކަލެކްޝަން މިމަހުގެ 26 ވަނަ ދުވަހު ލޯންޗް ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމެރިކާގެ މަޝްހޫރު މޮޑެލް އަދި ވިޔަފާރިވެރިޔާ ކައިލީ ކްރިސްޓެން ޖެނާ ބުނެފިއެވެ.

ކައިލީ ކުރި ޓުވީޓެއްގައި ބުނީ ކެންޑަލް އެންޑް ކައިލީ ކަލެކްޝަން މިމަހުގެ 26 ގައި ލޯންޗްކުރާނެ ކަމަށެވެ. އެ ކަލެކްޝަން އަކީ އޭނާގެ ދައްތަ ކެންޑަލް ޖެނާއާ ދެމީހުންގެ ކަލެކްޝަންއެކެވެ.

އިންސްޓަގްރާމުގައި އިއްޔެ ހިއްސާ ކުރި ޕޯސްޓެއްގައި ކައިލީ ބުނީ، ދައްތަ ކެންޑަލް އާއިއެކު މޭކަޕް ކަލެކްޝަނެއް ލޯންޗް ކުރުމަށް ހުވަފެން ދެކޭތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި އާއްމުންނަށް އެ ކަލެކްޝަން ކަމުދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.