ރ. ވަންދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި ވަންދޫ ބަނދަރު މަރަމާތްކޮށް ފުންކުރުމުގެ މަސައްކަތް މޮބަލައިޒް ކޮށްފައިވަނީ އިއްޔެ އެވެ.
އެގޮތުން މި ޕްރޮޖެކްޓުގެ ދަށުން ވަންދޫގައި މިހާރު އޮތް ބަނދަރުގައި ހުރި "ސިމެންޓް ބޭގް ވޯލް ސްޓްރަކްޗާ" ތަޅާލުމަށް ފަހު 1870 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުން ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މި ޕްރޮޖެކްޓުގެ ދަށުން ރަށަށް ދޯނި ފަހަރު ގާތް ކުރެވޭނެ ގޮތަށް 75 މީޓަރުގެ ސަރަހައްދެއް ހަދާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މި މަސައްކަތަކީ 5.99 މިލިއަން ރުފިޔާގެ މަސައްކަތެކެވެ. އަދި މި ޕްރޮޖެކްޓު އެމްޓީސީސީއާއި ހަވާލު ކޮށްފައިވަނީ މިދިޔަ އަހަރު އޮގަސްޓު މަހުގެ ތެރޭގައި ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.