ރައީސް ޔާމީން

އެއާޕޯޓް ފަންޑުގައި 100 މިލިއަން ޑޮލަރު، އެމްއެމްއޭ ރިޒާވްގައި 700 މިލިއަން ޑޮލަރު ހުންނާނެ : ރައީސް ޔާމީން

އަހުމަދު ޖައިޝަން

1

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ނިމުނު އިރު ރާއްޖޭގެ އެއާޕޯޓް ފަންޑުގައި 100 މިލިއަން ޑޮލަރު ހުރިއިރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ރިޒާވްގައި 700 މިލިއަން ޑޮލަރެއްހާ ފައިސާ ރައްކާކުރެވިފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު އޮތް ޖީއެމްއާރުގެ އަތުން ހޯއްދެވުމަށްފަހު ތަރައްގީ ކުރުމަށް ނެގި ލޯން އަދާކުރެއްވުމަށް ފަންޑެއް އެކުލަވާލި ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު އެމްއެމްއޭގެ ރިޒާވްގައި ހުރީ 200 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް ވެރިކަމުން ވަކިވެވަޑައިގެންނެވި އިރު އެ ރިޒާވްގެ ގްރޮސް އަދަދު ވާނީ 700 މިލިއަނަށް އިތުރުކުރައްވާފައި ކަމަށް ރައީސް ވިދާޅުވިއެވެ.

މިހާރުގެ ސަރުކާރުން ދައްކަވަމުން ގެންދަވަނީ ފައިސާގެ ދަތިކަމުގެ ވާހަކަ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

"މިހިރީ ހައްތަހާވެސް ފައިސާ ނޫންތޯ؟ މި ސަރުކާރުން ޓަޗްކުރަން ބޭނުންވީއްޔާ މިހިރީ ހައްތަހާ ފައިސާ" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރު ވަކި ވެގެން ދިޔައިރު، ރައީސް ސޯލިހުގެ ސަރުކާރު ފޫބައްދާނެ ގޮތްތައް ފެންނަން އެބަހުރި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟