ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލުމަށްފަހު އެނބުރި ރާއްޖެއަށް ވަޑައިގަތުމަށް ރައީސް ފުރާވަޑައިގެންފި

މަރިޔަމް ޝަހުދާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިންޑިއާގެ ބޮޑުވަޒީރުގެ ދައުވަތަކަށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލުމަށްފަހު އަނބުރާ ރާއްޖެ އައުމަށް ފުރާވަޑައިގެންފި އެވެ.

މިމަހުގެ 16ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއަށް ވަޑައިގެންނެވިއިރު މިދަތުރުފުޅުގެ ތެރެއިން ރައީސް ސޯލިހް ވަނީ ދެގައުމުގެ ދެމެދު ގުޅުން ބަދަހި ކުރުމުގެ ހަތަރު އެެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. މީގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެކު ރައީސް ސޯލިހު ވަނީ އިންޑިއާގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ދެގައުމުގެ ގުޅުން ބަދަހި ކުރުމުގެ ގޮތުން ނިންމެވި މުހިއްމު ކަންކަން ނޫސްވެރިންނާއި ހިއްސާކުރައްވާފައެވެ.

މި ދަތުރުފުޅުގައި، އިންޑިޔާގެ ރައީސް އާއި ބޮޑު ވަޒީރު އަދި ނައިބު ރައީސްގެ އިތުރުން އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު އާ ރައީސް ސޯލިހު ވަނީ ބައްދަލުކުރައްވާފައެވެ.