ރާއްޖެއިން ޖަރުމަނަށް ކަނޑައަޅާފައި ހުންނަ ސަފީރު އަހްމަދް ލަތީފް، ޖަރުމަނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޖޯން ރޯޑް އާއި ބައްދަލު ކުރައްފައިފި އެވެ.
ފޮރިން މިނިސްޓްރީ އިން ކުރައްވާފައިވާ ޓުވީޓެއްގައިވާ ގޮތުގައި މި ބައްދަލުވުމުގައި ޖަރުމަނުގެ ސަފީރާއި އެކު ލަތީފް ވަނީ ޝެންގަން ވިސާގެ އިތުރުން، މޫސުމަށް އަންނަ ބަދަލު ތަކާއި ކުޅިވަރާ ބެހޭ އެކި ކަންކަން މަޝްވަރާ ކުރައްވާފައެވެ.
ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ލަތީފް އައްޔަން ކުރުމަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާފައިވަނީ މިމަހު ހައެއްގައެވެ. ލަތީފް ހިމެނޭ ގޮތަށް އަށް ގައުމަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވުމަށް ނަން ފޮނުއްވެވި ސަފީރުންނަށް މަޖިލީހުން ރުހުން ދީފައިވަނީ މިމަހު 12 ވަނަ ދުވަހުއެވެ.