ޚަބަރު

މާލެއިން ކަރަންޓު ކެނޑުނީ އިންޖީނެއް ނިވިގެން: ސްޓެލްކޯ

މުހައްމަދު އައުޒަމް

މާލެއިން ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައެއް ދިމާވެ އެއް އިންޖީނު ނިވިގެން ކަމަށް ސްޓެލްކޯ އިން ވިދާޅުވެއްޖެއެވެ.

މިއަދު އިރުއޮއްސުމާއެކު މާލޭގެ ބޮޑު ސަރަހައްދަކުން ވަނީ ކަރަންޓު ކެނޑިފައެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވަންއޮންލައިން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހާރު މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ލިބޭނެ ކަމަށެވެ. އަދި ކަރަންޓު ނުލިބޭ ސަރަހައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.