ސިޔާސީ ހަރަކާތްތައް ރާވައި ހިންގުމާ ގުޅޭގޮތުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބައްދަލުވުންތަކެއް ބާއްވައިފި އެވެ.
އެ ކޯލިޝަނުން ބުނީ މިއަދު ދެ ދަންފަޅިއަކަށް ބަހާލައިގެން ބާއްވާ ކައުންސިލްގެ ފުރަތަމަ ދަންފަޅި މިއަދު 11:00 އިން 12:00 އަށް ބާއްވާފައިވާ ކަމަށެވެ. ދެ ވަނަ ދަންފަޅި މިއަދު 14:00 ގައި އޮންނާނެ ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.
އެ ކޯލިޝަނުން ބުނީ އެބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކަމަށެވެ.
އޮންލައިން ކޮށް ކުރިޔަށް ގެންދާ މިބައްދަލުވުމުގައި ޕީޕީއެމް އަދި ޕީއެންސީގެ ލީޑާޝިޕާއި ކައުންސިލް މެންބަރުން ބައިވެރިވާ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މައުލޫމާތު ދެއެވެ.