ކ. ހުރާގެ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީން ނިންމާލައިފި އެވެ.
އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މި މަސައްކަތް ނިންމާލާފައިވަނީ މިއަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުއެވެ. އަދި ސައިޓް ޑީމޯބަލައިޒް ކުރުމުގެ މަސައްކަތް މިމަހު ހަތެއްގައި ފަށާފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
މި މަޝްރޫއުގެ ދަށުން ހުރާގައި 23 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. އަދި މި ޕްރޮޖެކްޓުގެ ދަށުން 1626 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހިކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. މީގެ އިތުރުން 152 މީޓަރުގެ ބްރޭކްވޯޓާ ގާއިމުކޮށް، 150 މީޓަރުގެ ސަރަހައްދެއްގައި ގްރޮއީން ޖަހާފައިވާ ކަމަށްވެސް އެމްޓީސީސީން މައުލޫމާތު ދެއެވެ.
ހުރާގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންގޮސްފައިވަނީ ދެ ފޭހަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފޭހަކީ 33.73 މިލިއަން ރުފިޔާގެ މަސައްކަތެއް ކަމަށާއި މި ޕްރޮޖެކްޓުގެ ދެވަނަ ފޭހަކީ 71.32 މިލިއަން ރުފިޔާގެ މަސައްކަތެއް ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.