ޚަބަރު

އައްޑޫގައި ކޮވިޑަށް ޓެސްޓު ކުރުމުގެ އިންތިޒާމު ހަމަޖައްސައިފި

މަރިޔަމް ޝަހުދާ

އައްޑޫ ސިޓީގައި ކޮވިޑަށް ޓެސްޓުކުރުމަށް ޕީސީއާރު ޓެސްޓު ކުރުމުގެ އިންތިޒާމު ހަމަޖައްސައިފި ކަމަށް އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.

އެ ހޮސްޕިޓަލުގެ ޓުވިޓާ އެކައުންޓުން މިއަދު ހެނދުނު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކޮވިޑަށް ޓެސްޓުކުރުމަށް ބޭނުންވާ ޓެސްޓިން ކިޓުތައް މިހާރު ލިބިފައިވާ ކަމަށެވެ.

މިއީ މާލޭގެ އިތުރުން ރާއްޖޭގެ އެހެން ސަރަހައްދެއްގައި ކޮވިޑް 19އަށް ޓެސްޓު ކުރުމުގެ އިންތިޒާމު ހަމަޖެއްސި ފުރަތަމަ ފަހަރު ކަމަށް އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުން ބުނެއެވެ.

މާލެއިން އައްޑޫއަށް ދިޔަ މީހުންގެ ތެރެއިން ކަރަންޓީނުގައި ހުރި 65 އަހަރުގެ އަންހެނަކު މިދިޔަ ހުކުރު ދުވަހު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ.

ކޮވިޑަށް ޓެސްޓު ކުރުމަށް ބޭނުންވާ ވަސީލްތަތައް ރާއްޖޭފެ ފަސް ސަރަހައްދެއްގައި ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަތޮޅުތަކުގައި ޖީން އެކްސްޕާޓް މެޝީން ބޭނުންކޮށްގެން ޓެސްޓުކުރާ ގޮތަށް ކުރީން އޮތް ނަމަވެސް، މިހާރު ނިންމާފައި ވަނީ އަތޮޅުތަކުގައި ވެސް މާލެއެކޭ އެއް ފަދައިން ޕީސީއާރް މެޝިން ބަހައްޓަައިގެން ޓެސްޓު ހަދަން ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.