މުހައްމަދު އައުޒަމް
މޫސުން ގޯސްވެ ހއ އަތޮޅުން ތ އަތޮޅާ ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރެފައިވާ ޔެލޯ އެލާޓްގައިވާ ގޮތުން ހއ އަތޮޅުން ތ އަތޮޅާ ދެމެދުގެ ރަށްތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދަށް ވައިޖެހޭނެ ކަމަށް ލަފާ ކޮށްފައިވެެއެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު 55 މޭލަށް ވައިޖެހުންވެސް އެކަށީގެންވާ ކަމަށް އެލާޓުގައި ފާހަގަކޮށްފައިވެއެވެ.
މެޓުން ބުނީ ވައިގަދަވެ ކަނޑު ގަދަވާނެ ކަމަށާއި ހއ އަތޮޅުން ތ އަތޮޅާ ދެމެދުގައި ކަނޑު ދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.
ހއ އަތޮޅުން ތ އަތޮޅާ ދެމެދުގެ ރަށްތަކަށް ނެރެފައިވާ ޔެލޯ އެލާޓުގެ މުއްދަތަކީ ހަވީރު 5:30 އިން ފެށިގެން މިރޭ 8:00 އާ ދެމެދުއެވެ.
ކުރިޔަށް އޮތް 24 ގަޑިއިރުގެ މޫސުމަށް ބަލާއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް މެޓުން ބުނެއެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓުން ބުނެފައިވެއެވެ.
ވައި ޖެހޭނެކަމަށް ލަފާކުރެވެނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވަނީ ބުނެފައެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މެޓުން ބުނެއެވެ.