ޚަބަރު

އިންޑިއާގައި ހޮނުއަޅައި އެއް އާއިލާއެއްގެ ފަސް މެންބަރަކު މަރުވެއްޖެ

މުހައްމަދު އައުޒަމް

އިންޑިއާގައި ހޮނުއަޅައި އެއް އާއިލާއެއްގެ ފަސް މެންބަރަކު މަރުވެއްޖެއެވެ.

ފުލުހުންނާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އައްސާމް ސްޓޭޓްގެ ގެއަކަށް ހޮނު އަޅައި ހިނގި އެ ހާދިސާގައި މަރުވީ ހަތަރު ކުޑަކުދިންނާއި ބޮޑު މީހެކެވެ.

އެ ހާދިސާގައި އަނިޔާވި އިތުރު ދެކުއްޖަކަށް ހޮސްޕިޓަލިގައި އަންނަނީ ފަރުވާ ދެމުންނެވެ. ނަމަވެސް ދެ ކުދިންނަށް ވެސް އެކަށީގެންވާ ފަރުވާއެއް ނުދެވޭ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

އިންޑިއާގެ ބޮޑު ސަރަހައްދެއްގެ މޫސުން ގޯސް ވެފައިވާއިރު ބައެއް ސިޓީތަކުގައި ވިއްސާރަވެ ހޮނުއެޅުން ވެސް އެކަށީގެން ވާކަމަށް އެގައުމުގެ މެޓް އޮފީހުން ބުނެއެވެ.