ޚަބަރު

ނޭޕާލުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފި

އައިދާ އަބްދުލް ހަކީމް

ނޭޕާލުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް 19 އާ ގުޅިގެން ނޭޕާލްގައި ރާއްޖެ ނާދެވި ތިބި މީހުގެ ތެރެއިން މިމަހުގެ 15 އަދި 16 ވަނަ ދުވަހު ނޭޕާލުން ރާއްޖެއަށް އަންނަ ފްލައިޓްތަކުގައި އަންނަން ބޭނުންވާ ދިވެހިންނަށް ފުރުސަތު އެބަ އޮތް ކަމަށެވެ.

އެމިނިސްޓްރީން ބުނީ މި ފްލައިޓްތަކުން ރާއްޖެ އައުމަށް ބޭނުންވާ ހުއްދަ ދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. މިވަގުތު ނޭޕާލުން ރާއްޖެ އައުމަށް 8 ދިވެހިން އެދިފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ނޭޕާލުން ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް އެކަން އަންގައި ދިނުމަށް އެދޭ ކަމަށެވެ.

ކޮވިޑް 19 އާ ގުޅިގެން އެކި ގައުމުތަކުގައި ރާއްޖެ ނާދެވި ދުނިޔޭގެ އެކި ގައުމުތަކުގައި ތާށިވެފައިތިބި ދިވެހިން އެކި ފަހަރުމަތިން ރެސްކިއު ފްލައިޓުތަކުގައި ވަނީ ގެނެސްދީފައެވެ. އަދި މިހާރުވެސް އެމަސައްކަތް ކުރިއަށްދާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.