ޚަބަރު

ޕާމިޓް އަކާ ނުލައި ބޭރަށް ނިކުމެވޭ ހިސާބުން މިސްކިތްތައް ހުޅުވާލަން ޖެހޭ: ޝައިހް ޒައިދު

އައިދާ އަބްދުލް ހަކީމް

1

ކޮވިޑް 19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ ލޮކްޑައުން އަށް ލުއިތައްދޭއިރު ޕާމިޓް އަކާ ނުލައި ބޭރަށް ނިކުމެވޭ ހިސާބުން މިސްކިތްތައް ހުޅުވާލަން ޖެހޭ ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާކްތަކާއި މައިޒާންތައް ހުޅުވޭނަމަ، މިސްކިތް ފަދަ މުގައްދަސް ﷲ ގެ ގެކޮޅުތައް ހުޅުވާލުންމާ ވާޖިބު ކަން ބޮޑު ކަމަށާއި މުސްލިމުންނަށް އެންމެ އިސްވާން ޖެހޭނީ މިސްކިތްތައް ކަމަށެވެ.

"ޕާމިޓް އަކާ ނުލައި ބޭރަށް ނިކުމެވޭ ހިސާބުން މިސްކިތްތައް ހުޅުވާލަން ޖެހޭ. ޕާކްތަކާއި މައިޒާންތައް ހުޅުވޭނަމަ، މިސްކިތް ފަދަ މުގައްދަސް ﷲ ގެ ގެކޮޅުތައް ހުޅުވާލުން މާ ވާޖިބު ކަން ބޮޑު. އެންމެ އިސްވާން ޖެހޭނީ މިސްކިތްތައް." ޒައިދު ވިދާޅުވިއެވެ.

ޝެއިހް ޒައިދު މިހެން ވިދާޅުވެފައި މިވަނީ ލޮކްޑައުންގެ ލުއިދޭ ދެވަނަ ފޭހުގައި ފުލުހުންގެ ޕާމިޓާއި ނުލައި މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ބޭރަށް ދެވޭނެ ވަކި ވަގުތުތަކެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިން ރޭ އިއުލާނު ކުރުމާއި ގުޅިގެންނެވެ.

މިސްކިތްތައް ނުހުޅުވޭ މައްސަލައިގައި ބައެއް އެހެން ދީނީ އިލްމު ވެރިންވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟