އަލީ ޔާމިން
ވެމްކޯއާއެކު އިންޑަސްޓްރިއަލް ޒޯންގެ މަގުތައް ސާފުކުރުމަށް ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލޭ ސިޓީ ކައުންސިލުން އިއްޔެ ކުރި ޓްވީޓެއްގައި ބުނީ، މާލޭގެ އިންޑަސްޓްރިއަލް ޒޯންގައި ކުނިތައް ގިނަވެ، ވަރަށް ގިނަ ރައްޔިތުންގެ ޝަކުވާތައް ލިބެމުން ދަނިކޮށް، ޕްލޭނިން މިނިސްޓްރީ އިން އިންޑަސްޓްރިއަލް ޒޯން މަގުތައް ބެލެހެއްޓުން ކައުންސިލް އާ ހަވާލުކުރުމާއެކު ކައުންސިލުން ވަނީ މި މަގުތައް ސާފުކުރުން ވެމްކޯ އާ އެކު ކުރިއަށް ގެންދިއުމަށް ނިންމާފައި ކަމަށެވެ.
ނަމަވެސް މަގުތައް ސާފުކުރާނީ ކޮން އިރަކުން ކަމެއް ސިޓީ ކައުންސިލުން ބުނެފައެއް ނުވެއެވެ. މީގެ ކުރިން މާލޭ އިންޑަސްޓްރިއަލް ޒޯންގެ ކަންކަން ބަލަމުން އައީ ޕްލޭނިން މިނިސްޓްރީންނެވެ.
މާލޭ އިންޑަސްޓްރިއަލް ޒޯންގައި ކުނިތައް ގިނަވެފައިވާތާ ގިނަ ދުވަސްތަކެއްވަނީ ވެފައެވެ.