ރައީސް އޮފީސް

ޕްލޭނިން މިނިސްޓްރީގެ ނަން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އަށް

1

ޕްލޭނިން މިނިސްޓްރީގެ ނަން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބަދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމަށް ރައީސުް މިއަދު ބަދަލުކުރައްވައިފައިވާ ކަމަށެވެ. އަދި ރައީސް ސޯލިހު ވަނީ މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިއަދު އުވާލައްވައިފައި ކަމަށެވެ.

މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން ކުރިން މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން ކުރައްވަމުން ގެންދެވި އެންމެހައި މަސައްކަތްތައް ދެން ކުރަމުން ގެންދާނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ކަމަށާއި އެ މަސައްކަތްތައް ކުރުމަށްޓަކައި މިނިސްޓްރީ އޮފް ހައުސިންގް އެންޑް އާބަން ޑިވެލޮޕްމަންޓްގައި ތިބި މުވައްޒަފުން އާ މިނިސްޓްރީއަށް ބަދަލުކުރެއްވުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

މިގޮތަށް ހަމަޖައްސާފައިވާއިރު، ހައުސިން މިނިސްޓްރީ ހިންގަވަމުން ގެންދެވި އައިމިނަތު އާތިފާ ވަނީ އެކަމަނާގެ ސިއްހީ ހާލަތު ހުރި ގޮތުން އެމަގާމުން އިއްޔެ އިސްތިއުފާ ދެއްވައިފައެވެ. ރައީސް ސޯލިހް ވަނީ އެކަމަނާގެ އިސްތިއުފާ ގަބޫލުފުޅުކުރައްވައި މަގާމުގައި ހުންނަވައިގެން ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކަށް ޝުކުރުއަދާ ކުރައްވާފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟