ކުރިންވެސް އޯޓީ ދެމުން އައި ގޮތަށް، ރަސްމީ ގަޑީގެ ބޭރުން ކުރާ މަސައްކަތްތަކަށް އޯޓީ ދިނުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިކަން އާންމު ކޮށްފައިވަނީ އިއްޔެ ނެރުނު ސާކިއުލާއެއްގައެވެ.
ފިނޭންސްގެ ި ސާކިޔުލާގައި ބުނެފައި ވަނީ އެ މިނިސްޓްރީން މިދިޔަ މަހު 16 އަދި 20 ގައި ނެރުނު ދެ ސާކިއުލާގައި މުވައްޒަފުންގެ އިތުރު ގަޑީގެ މުސާރައާއި ގުޅިގެން ބަޔާންކޮށްފައިވާ އުސޫލު ބާތިލު ކުރާ ކަމަށެވެ.
މިހާތަނަށް ދައުލަތުގެ އޮފީސްތަކުން އިތުރު ގަޑީގެ ފައިސާ ދިނުމުގައި ތަފާތު ގޮތްގޮތަށް އަމަލު ކުރަމުން ދާތީ ދައުލަތުގެ އޮފީސްތަކުގެ އިތުރު ގަޑީގެ ފައިސާއަށް ކުރާ ހަރަދު އަހަރަކަށްވުރެ އަހަރެއް ބޮޑުވަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ. އަދި މިކަމުގެ ސަބަބުން ކޮވިޑާ ގުޅިގެން ދިމާވެފައިވާ މި ހާލަތުގައި މިނިސްޓްރީން ކަމާބެހޭ އިދާރާތަކާއި ގުޅިގެން އިތުރު ގަޑީގެ ފައިސާ އިންސާފުވެރި އަދި ހަމަހަމަ އުސޫލަކުން ދޭނެ ގޮތްތަކެއް ކަނޑައެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.