އަލީ ޔާމިން
ކޮވިޑް-19އާ ގުޅިގެން ޗައިނާއިން ރާއްޖެއަށް އިތުރު ސިއްހީ ސާމާނު ފޯރުކޮށްދީފިއެވެ.
ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް ވިދާޅުވީ، މިއީ ޗައިނާއިން ރާއްޖެ އަށް ހަދިޔާކުރި ސިއްހީ ސާމާނުގެ ތިންވަނަ ބެޗު ކަމަށެވެ.
މިއަދު ރާއްޖެ ގެނައި ތަކެތީގެ ތެރޭގައި ހިމެނެނީ 5،000 ފޭސް މާސްކު، 50،000 ސާޖިކަލް މާސްކު، 5،000 ޑިސްޕޯސަބަލް ކަވަރޯލްގެ އިތުރުން 5،000 މެޑިކަލް ގޮގުލްސްއެވެ.
ކޮވިޑާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް އެހީީވުމުގެ ގޮތުން ޗައިނާގެ ސަރުކާރާއި އެގައުމުގެ ބައެއް ކުންފުނިތަކުން ވެސް ވަނީ ރާއްޖެއަށް ސިއްހީ ގިނަ ސާމާނުތަކެއް ހަދިޔާކޮށްފައެވެ. އޭގެތެރޭގައި ވެންޓިލޭޓަރުފަދަ ބައެއް ސިއްހީ އާލާތްތަކާއި ޕާސަނަލް ޕްރޮޓެކްޓިވް އިކިއުޕްމަންޓްސް (ޕީޕީއީ) ވެސް ހިނެއެވެ.
އޭގެ އިތުރުން ޗައިނާއިން ވަނީ ރާއްޖެއިން ނަގާފައިވާ ލޯނުތައް ދެއްކުން ފަސްކޮށްދޭން ނިންމައިފައެވެ.