ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާސް ސުޝްމާ ސްވަރާޖް އާ ބައްދަލުކުރައްވައިފި އެވެ.
ރައީސް ސޯލިހު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިނިސްޓަރު ސުޝްމާ އާ ބައްދަލުކުރައްވާފައި ވަނީ މިއަދެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރު ސުޝްމާ ސްވަރާޖް ވަނީ ދެގައުމުގެ އެކުވެރިކަމާއި ގުޅުންތައް ހަރުދަނާކުރުމަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
ރައީސް ސޯލިހް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދަށް މިއަދު ވަނީ އިންޑިއާއިން ރަސްމީކޮށް މަރުހަބާ ދަންނަވާފައެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ދައުވަތަށް ރައީސް ސޯލިހު އިންޑިއާއަށް ވަޑައިގެންފައި ވަނީ އިއްޔެ މެންދުރުފަހުއެވެ. އިންޑިއާއަށް ކުރައްވާ އެ ދަތުރުފުޅަކީ އެމަނިކުފާނު ވެރިކަމުގެ ހުވާކުރެއްވުމަށްފަހު ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.